ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުޓްސަލް ދަނޑުވެސް ވަގުތީ ގޮތުން ބަންދުކޮށްފި
މިހާރު ރާއްޖޭގައިވެސް ކޮވިޑް 19 ފެތެރުމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީދޫގެ ފުޓްސަލް ދަނޑާއި ރަސްމީ ފުޓުބޯޅަ ދަނޑުވެސް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
މީދޫ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާތީ އެޗް.ޕީ.އޭއިން މިފަދަ ހުރިހާ ދަނޑުތަކެއް ބަންދު ކުރުމަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އަންގާފައިވާތީއެވެ.   ކުއްލި ހާލަތު އިޢުލާން ކުރުމާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރުގެ ދަށުން ރާއްޖޭގެ ރިޒޯޓުތަކުގައި އުޅޭ މީހުން އާއްމުން ދިރިއުޅޭ ރަށްތަކަށް ކުރިއަށް އޮތް 14 ދުވަސް ތެރޭގައި އެރުވެސްވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ކޮލެޖުތަކާއި ޔުނިވާސިޓީތައް އަދި ތަޢުލީމުދޭ އެހެނިހެން މަރުކަޒުތައްވެސް ކުރިއަށް އޮތް 14 ދުވަހަށް ބަންދުކުރުމަށްވެސް ވަނީ އަންގާފައެވެ.   ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހަށް ރާއްޖެއިންވެސް 13 މީހަކު ވަނީ ޕޮސިޓިވް ވެފައެވެ. މީގެ އިތުރުން މި ބައްޔަށް ޝައްކު ކުރެވޭ ފަދަ އަލާމާތްތަކެއް ހުރި ބައެއް މީހުންގެ ސާމްޕަލްތައް ނަގާ ޓެސްޓް ހެދުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...