6 އަހަރުގެ ކުއްޖަކަށް އަނިޔާކުރި އިންޑިޔާ ޑޮކްޓަރެއް ހައްޔަރުކޮށްފި
ހުޅުމާލޭގައި ސްޕީޗް ތެރެޕީ ދެމުން އައި ޑޮކްޓަރަކު 6 އަހަރުގެ ކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ފުލުހުން އެ ޑޮކްޓަރު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ ޑޮކްޓަރު ކުއްޖާގެ ކަންފަތުގައި ހިފާ އަނިޔާކޮށްފައިވާކަމަށް ހުށައެޅުނު މައްސަލައަކާއި ގުޅިގެން ބެލިބެލުމުން އެ ޑޮކްޓަރު އަމިއްލަ ހައިސިއްޔަތުން ކުއްޖާގެ ގޭގައި ތެރަޕީ ދިނުމުގެ ތެރޭގައި އެކުއްޖާއަށް އަނިޔާ ކުރާ ތަން ފެންނަ ވިޑިޔޯއެއް ފުލުހުންނަށް ލިބިފައިވާކަމަށެވެ.   މީގެ އިތުރުން މި މައްސަލަ ހިނގާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގޭ ރޭކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ފުލުހުން އިތުރަށް ބުނީ އިންޑިޔާގެ މި ޑޮކްޓަރު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 12 މާރިޗް 2020 ގައިކަމަށެވެ.   މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ. 

ފޮޓޯ: ދި އެޑިޝަން
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...