ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގެ ކާޕެޓުތައް ނަގައިފި
މިހާރު ދުނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް 19 ރާއްޖެއިންވެސް ފެނުމާއިއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީދޫގެ މަސްޖިދުއް ޒިންނޫރައިނި އަދި މަސްޖިދުލް ފަލާޙުގައި އަޅާފައިވާ ކާޕެޓު ނަގައިފިއެވެ.
null
މި ދެ މިސްކިތުގެ ކާޕެޓު ނަގާ މަސްޖިދުލް އައްވާބީންގެ ކާޕެޓުގެ މަތިން ތަރަފާލި އަޅާފައިވަނީ ޤައުމީ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން މިގޮތަށް ހެދުމަށް އެލް.ޖީ.އޭ މެދުވެރިކޮށް ހުރިހާ ކައުންސިލްތަކަށް އިއްޔެގެ ވަގުތެއްގައި އަންގާފައިވުމުންނެވެ. ކާޕެޓުތައް ނެގުމަށްފަހު ކޮންމެ ނަމާދެއްގެ ކުރިން މިސްކިތް ރަނގަޅަށް ސާފުކުރުމަށްވެސް ވަނީ އަންގާފައެވެ.   ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ވައިރަސްގެ ސަބަބުން ރާއްޖޭގައި އިއްޔެވަނީ ފުރަތަމަ ފަހަރަސް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިޢުލާންކޮށްފައެވެ. މިއާއިއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅެމުންދާނެކަމަށް ހެލްތް މިނިސްޓަރު އަމީންވަނީ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.   މިހާތަނަށް ރާއްޖެއިން ކޮވިޑް 19 އަށް 8 މީހަކު ޕޮސިޓިވްވެފައިވެއެވެ. އެއީ 3 ރިޒޯޓަކުން މި ވައިރަހަށް ޕޮސިޓިވްވި ބިދޭސީ 8 މީހެކެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...