މީދޫ ޓައިމްސް ކެނޑިޑޭޓުންގެ ބަހުސް ފަސް ކޮއްފި!
ލޯކަލް ކައުންސިލް އިންތާބުގައި  ރ. މީދޫ ކައުންސިލަށް ވާދަ ކުރާކެނޑިޑޭޓުންގެ މެދުގައި މީދޫ ޓައިމްސްގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ބަހުސް ވަކި ތާރީހެއް ނެތް ގޮތަށް ފަސްކުރެވިއްޖެއެވެ.
null
މިގޮތަށް މީދޫ ޓައިމްސްއިން ނިންމާފައި ވަނީ ކޮރޯނާ ވައިރަސް ގެ ނުރައްކާ ދިވެހި ރާއްޖެއަށް  ކުރިމަތިވެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިވެހި ރާއްްޖޭގައި އިއުލާން ކުރުމާއި ގުޅިގެންނެވެ. މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން މިފެށޭ އޭޕްރީލް މަހުގެ 18 ވަނަ ދުވަހަށް ލަސްކުރުން ވެސް މި ބަހުސް ފަސްކުރުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.     ކެނޑިޑޭޓުންގެ ބަހުސް  ދެން ބާއްވާނެ ތާރީހެއް މީދޫ ޓައިމްސް ފަހުން ހާމަ ކުރާނެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...