ރައީސް ސޯލިހް މެންދުރު ޤައުމާއި މުހާތަބު ކުރައްވަނީ
ޤައުމުގެ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު މެންދުރު ޤައުމާއި މުހާތަބު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
null
ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވަން ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 2:00 ގައެވެ. ރާއްޖެއިންވެސް ކޮރޯނާ ވައިރަސްއަށް އަށް މީހަކު ޕޮސިޓިވްވެފައިވާއިރު ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.   ރައީސް ސޯލިހު ގައުމާ މިހާތަބު ނުކުރައްވާތީ އިދިކޮޅު ފަރާތްތަކުންވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ރައީސް ސޯލިހުގެ މިއަދުގެ ހިތޯބުގައި މިހާލަތުގައި އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ސަރުކާރުން އަޅާނެ ފިޔަވަޅުތައް އާއްމު ކުރާނެކަމަށް މައުލޫމާތުލިބެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...