މަސްތުވާތަކެއްޗާއިއެކު ރޭ މީދޫއިން ހައްޔަރުކުރީ މީދޫ މީހެއް ނޫން!
ރޭ މީދޫ ޕޮލިސް ސްޓޭޝަންއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރީ ރ. އިނގުރައިދޫ މީހެއްކަމަށް މީދޫ ޓައިމްސްއަށް މަޢުލުމާތުލިބިއްޖެއެވެ.
null
މަޢުލޫމާތު އިނގޭ ފަރާތަކުން މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެމުން ބުނީ މި މައްސަލައިގައި ހައްޔަރުކުރީ އިނގުރައިދޫއަށް ނިސްބަތްވާ 31 އަހަރުގެ މީހެއްކަމަށެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ މީދޫއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މަޢުލުމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.   ފުލުހުން ބުނީ، ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި މީދޫގެ މަގުމަތިން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުން އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލައިލުމުން އޭނާގެ ހާޒިރުގައި އެތަކެތި ނަގައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިހުރި 52 ކަރުދާސްކޮޅު ފެނިފައިވެއެވެ.   މި މައްސަލަ މީދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.  
ކިޔުންތެރިންގެ ހިޔާލް

2020-03-12 08:40:09
އަބްދުލްމުހައިމިން
ނަން ހާމަކޮށްލާ. ޖެހިފައި އޮތް ބޮޑު ވަބާއެއް
އެންމެ މަގުބޫލު: 7 ދުވަސް

...