ރ. ފުއްގުރި ކުއްޔަށް ދިނުމުގައި ރައީސް ޔާމީން 1.1 މިލިއަން ޑޮލަރުގެ ރިޝްވަރު ނެގިކަމުގެ ތުހުމަތު!
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނެގުމާއި މަނީ ލޯންޑަރ ކުރުމުގެ އިތުރު ތުހުމަތުތަކެއްކޮށް ފުލުހުންގެ ތަހުޤީޤަށް ސުވާލުކުރުމަށް ހާޒިރުކޮށްފިއެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓު ތަރައްޤީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ނުފޫޒުގެ ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަގައި އެ ފައިސާ އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން ލޯންޑަރކޮށްފައިފާކަމުގެ މައްސަލައެއްވެސް ފުލުހުން ބަލަމުން އަންނަކަމަށާއި އިއްޔެ މި މައްސަލައިގައި ސުވާލުކޮށްފައިވާކަމަށެވެ.   މީގެ އިތުރުންވެސް އެމް.އެމް.ޕީ.އާރުސީގެ ޚިޔާނާތުގެ އެކި މައްސަލަތަކެއްގައި އިއްޔެވަނީ ކުރީގެ ރައީސް ޔާމީނާއި ސުވާލުކޮށްފައެވެ. އެގޮތުން އެމް.އެމް.ޕީ.އާރު.ސީގެ ފައިސާއަށް ޚިޔާނަތްތެރިވެ މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ކުރެވިފައިވެއެވެ.   މަނީލޯންޑަރިންގެ މައްސަލައެއް ސާބިތުވެ ރައީސް ޔާމީން އަންނަނީ މިހާރުވެސް 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...