ޝައިޚް ޝަމީމްގެ 'ޞާލިހުންގެ ބަގީޗާ' ސީރީޒްގެ ފުރަތަމަ ދަރުސް މިއަދު އަސުރު ފަހުން
ޝައިޙް އާދަމް ޝަމީމް ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ ދަރުސް ސީރީޒް 'ޞާލިހުންގެ ބަގީޗާ'ގެ ފުރަތަމަ ދަރުސް މިއަދު އަސްރު ނަމާދަށްފަހު މަސްޖިދުއް ޒިންނޫރައިނިގައި އޮންނާނެއެވެ.

މި ދަރުސް ޕްރޮގުރާމަކީ އުއްމީދު ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދާ ސިލްސިލާ ދަރުސް ޕްރޮގުރާމެކެވެ. މި ދަރުސްތަކުގައި އޮންނާނީ އެކި ދުވަހު އެކި ހަދީޡްތަކުގެ މައްޗަށް އަލިއަޅުވާލައިގެން ދަރުސް ދިނުންކަމަށް މަޢުލޫމާތުލިބެއެވެ. ޝައިޚް އާދަމް ޝަމީމްއަކީ ދަރުސް ދެއްވުމުގައި އާއްމުންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ޢިލްމުވެރިއެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...