ޓްރެފިކަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމްތަކެއް ޕޮލިހުން މީދޫގައި ކުރިއަށް ގެންގޮސްފި
މީދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން މީދޫގެ އެކި މުއައްސަސާތަކަށާއި ޒުވާނުން ޓްރެފިކް ގަވައިދުތަކަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓުގެ ބޭފުޅަކު ވަޑައިގެން ސެޝަންތައް ނަންގަވައިދެއްވި މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ ރ. މީދޫގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށާއި، ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުންނަށާއި ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް އަދި މީދޫގެ ޒުވާން ގުރޫޕްތަކަށެވެ.   މި ސެޝަންތަކުގެ ތެރެއިން ޓްރެފިކްގެ އެކި ގަވާއިދުތަކާއި ބެހޭ މުހިއްމު މަޢުލުމާތުތަކާއި ފަރުދީ ޒިންމާ ނަގައިގެން ރަށުގެ އަމާންކަން ދެމެހެއްޓުމަށް ނަސޭހަތްތެރިވެ އެންމެން އެއް ރޫހެއްގައި ގަވާއިދަށް އުޅުމަށްވެސް ފުލުހުން ހިއްވަރުދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.   މީދޫ ޕޮލިހުން އަންނަނީ މީދޫގައި ޓްރެފިކްގެ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...