މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި މީދޫ ކައުންސިލަށް ލިބިފައިވަނީ 595،868 ރުފިޔާ!
2019 ވަނަ އަހަރުގެ ތެރޭގައި މީދޫ ކައުންސިލަށް އާމްދަނީގެ ގޮތުގައި 595،868 ރުފިޔާ ލިބިފައިވާކަމަށް މީދޫ ކައުންސިލުން އާއްމުކޮށްފިއެވެ.
މީދޫ ކައުންސިލުން މިކަން އާއްމުކޮށްފައިވަނީ ކައުންސިލުން ބޭއްވި ރައްޔިތުންގެ އާއްމު ބައްދަލުވުމުގައި 2019 ވަނަ އަހަރުގެ މާލީ ބަޔާން އާއްމު ކުރަމުންނެވެ. މިދިޔަ އަހަރު މީދޫ ކައުންސިލަށް އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ ކައުންސިލުން ކުރިއަށް ގެންދާ ކުނި މެނޭޖް ޕްރޮގުރާމަށެވެ. އެގޮތުން ކުނި މެނޭޖްކުރުމަށް 455،002 ރުފިޔާ ލިބިފައިވެއެވެ.   ބިމު ކުލީގެ ގޮތުގައި 2019 ވަނަ އަހަރުގެ 77،151 ރުފިޔާ ލިބިފައިވާއިރު އިމްޕޯޓު ކުލީގެ ގޮތުގައި 33،460 ރުފިޔާ އަދި މިދިޔަ އަހަރު ބޭއްވި އަތޮޅު ޤުރުއާން މުބާރާތަށް އެހީގެ ގޮތުގައި 17،000 ރުފިޔާ ލިބިފައިވެއެވެ.    މީގެ އިތުރުން އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެއްދުމަށް 2800 ރުފިޔާ އަދި އިމްޕޯޓް ހުއްދަ ހެއްދުމަށް 3000 ރުފިޔާގެ އިތުރުން ކުއްޔަށް ދޫކުރެވޭ ތަކެތިން 2000 ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. މީގެ އިތުރުން އެހެނިހެން ގޮތްގޮތުން ކައުންސިލަށް 4960 ރުފިޔާ ލިބިފައިވާކަމަށްވެސް ކައުންސިލުން އާއްމުކޮށްފައިވެއެވެ.   މިދިޔަ އަހަރުގެ ތެރޭގައި ކައުންސިލްގެ މާލިއްޔާތުން 156،512 ރުފިޔާ ކައުންސިލުން ވަނީ އެކި ކަންކަމަށް ހަރަދުކޮށްފައިކަންވެސް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...