ޕީ.ޕީ.އެމް ޕްރައިމަރީ: މީދޫ ކައުންސިލްގެ ޓިކެޓު ކާމިޔާބުކުރީ އަލީ ރަޝީދު އަދި މުޙައްމަދު ޝިހާމް!
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީ.ޕީ.އެމްގެ ފަރާތުން މީދޫ ކައުންސިލަށް ވާދަކުރާނީ އަލީ ރަޝީދު އަދި މުޙައްމަދު ޝިހާމްކަމަށް ނަތީޖާއިން ދައްކައިފިއެވެ.   ވޯޓުގެ ނަތީޖާ ދައްކާ ގޮތުން އެންމެ ގިނަ ވޯޓު ލިބިފައިވަނީ އަލީ ރަޝީދަށެވެ. އެގޮތުން އަލީ ރަޝީދަށް 195 ވޯޓު ލިބިފައިވާއިރު މުހައްމަދު ޝިހާމަށް 192 ވޯޓުލިބިފައިވެއެވެ. މިހާރުގެ ކައުންސިލް ރައީސް ހުސައިން އަފީފަށް ލިބިފައިވަނީ 123 ވޯޓެވެ. އޭގެ އިތުރުން ހަސަން ޝަފީޢުއަށް ލިބިފައިވަނީ 55 ވޯޓެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...