ޕީ.ޕީ.އެމް ޕްރައިމަރީ އަތޮޅު ކައުންސިލް: ޕްރައިމަރީ ކާމިޔާބުކުރެވުނުކަން ނާސިފް އިޢުލާންކޮށްފި
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީ.ޕީ.އެމް ޓިކެޓުގައި އަތޮޅު ކައުންސިލްގެ ރައީސަށް ވާދަކުރާނެ ފަރާތެއް ހޮވުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުވެއްޖެކަން ޕްރައިމަރީގައި ވާދަކުރެއްވި ޗެނަލް 13 ގެ ނޫސްވެރިޔާ ނާސިފް އިޢުލާންކޮށްފިއެވެ.   ނާސިފް މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެމުން ބުނީ ޕްރައިމަރީގައި އޭނާއަށް 982 ވޯޓު ލިބިފައިވާކަމަށާއި ދެން އެންމެ ގާތުން ވާދަކުރެއްވި އަބްދުﷲ ރަޝީދަށް ލިބިލެއްވީ 935 ވޯޓުކަމަށެވެ. އެހެންނަމަވެސް އަބްދުﷲ ޝިހާމަށް ލިބުނު ސީދާ އަދަދު އަދި ކަށަވަރު ނުވާކަމަށް މަޢުލުމާތުލިބެއެވެ.   ޕީ.ޕީ.އެމް ޕްރައިމަރީގެ ވޯޓު ގުނުން މިހާރުވެސް މީދޫގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...