ޕީ.ޕީ.އެމް ޕްރައިމަރީ މީދޫ ކައުންސިލް: 1 ވޯޓު ތަފާތުން ކުރި ލިބުނީ މުހައްމަދު ޝިހާމަށް!
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީ.ޕީ.އެމް ޓިކެޓުގައި މީދޫ ކައުންސިލަށް ވާދަކުރާނެ ފަރާތްތައް ހޮވުމަށް ބޭއްވި ޕްރައިމަރީގައި މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށިން 1 ވޯޓު ތަފާތުން މުޙައްމަދު ޝިހާމް ކުރި ހޯދައިފިއެވެ.   މާލެ ފޮށީގެ ނަތީޖާ އާއްމުކޮށްފައިވާއިރު މުހައްމަދު ޝިހާމަށް ލިބިފައިވަނީ 22 ވޯޓެވެ. ހުސައިން އަފީފަށް 21 ވޯޓު ލިބިފައިވާއިރު އަލީ ރަޝީދަށް ލިބިފައިވަނީ 20 ވޯޓެވެ. މީގެ އިތުރުން ހަސަން ޝަފީޢުއަށް 5 ވޯޓު ލިބިފައިވާއިރު 2 ވޯޓެއްވަނީ ބާތިލްވެފައެވެ.   މީދޫގައި ބަހައްޓާފައިވާ ވޯޓު ފޮށީގެ ނަތީޖާ ގުނުން މިހާރުވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...