ކިޑްނީގެ ބައްޔަކަށް ފަރުވާ ކުރުމަށް ތުއްތު ޔޫމީއަށް އެހީތެރިވެދެއްވާ!
ރ. މީދޫ ޕެންޓްގްރީން، އައިޝަތު ޔޫމީ ބިންތް ޝަރީފްއަކީ އަދި އުމުރުން އެންމެ މަހެއްވެސް ނުވާ ތުއްތުތުއްތު ކުއްޖެކެވެ. މިހާ އުމުރުން ކުޑައިރު ޔޫމީ އެ އުފުލަމުންދާ ތަކުލީފަކީ ޔޫމީގެ މައިބަފައިންނަށް ކެތްކުރެވޭ ވަރަށްވުރެ އުނދަގޫ ތަކުލީފެކެވެ. އެ ފަކީރު ރޯ ރުއިމުން އެ މައިންބަފައިންގެ ހިތްތަކަށް އިންތިހާއަށް އަސަރުކުރެއެވެ.   ޔޫމީގެ މަންމަ މައުޝާ އަބްދުލް ރަޙްމާން ޔޫމީއަށް ބަނޑުބޮޑުވިތާ 7 މަސްވީފަހުން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުންވަނީ ބަނޑުގައިވާ ދަރިފުޅުގެ ކިޑްނީ ދުޅަވަމުން އަންނަކަމުގެ ހަބަރު ދީފައެވެ. ޑޮކްޓަރުގެ އިރުޝާދުތަކުގެ މަތިން މައުޝާ އައީ ބަރާބަރަށް ޓެސްޓުތައްވެސް ހަދަމުންނެވެ. ކޮންމެ ފަހަރަކު ޓެސްޓުތައް ހަދަން ދާން ޖެހުމާއި ދަރިފުޅުގެ ހާލަތު އޮތް ގޮތުން ވިހެއުމަށްވެސް މާލެ ދާން ޖެހުމުން އޭރުވެސް އެ އާއިލާއިން އެތައް ހޭދަތަކެއް ކުރަން ޖެހުނެވެ.   އެހެންނަމަވެސް ތުއްތު ދަރިފުޅަށްޓަކާ ކޮންމެ ހަރަދެއް ކުރަން ޖެހުނަސް އެކަން ކުރުމަށް އެ އާއިލާއިން އޭރުވެސް ހުރީ ތައްޔާރަށެވެ. ވިހެއުމަށްފަހު ޑޮކްޓަރުން ދަރިފުޅު ބެލުމަށްފަހު ދިން ޙަބަރުން އާއިލާއަށް އިތުރު ހިތްދަތިކަމެއް ލިބިގެންދިޔައެވެ. އެއީ ދަރިފުޅުގެ ކިޑްނީގައި އިތުރު ހޮޅިއެއް އިންކަމަށާއި ޔޫރޮލޮޖިސްޓަކަށް ދެއްކުމަށްވެސް ޑޮކްޓަރު އޭރު އިރުޝާދުދިނެވެ.   ދަރިފުޅުގެ އިތުރު ބޭސްފަރުވާއަށް މާލޭގައި ގިނަ ދުވަސްތަކެއްގައި މަޑުކުރަން ޖެހޭތީ އެއާއިލާއަށް އާއްމުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ. ޔޫމީގެ ބައްޕަ ބުނީ، އެންސްޕާއިން އެހީއަކަށް އެދުމުން ބުނީ މާލޭގައި ކުރެވެން ހުރި ފަރުވާއަކަށްވުމުން މާލޭގައި ކުރުމަށްކަމަށެވެ. އެހެންނަމަވެސް މާލޭގައި މިވަގުތު ކުއްޔަށް ހުރެ ބޭސްފަރުވާ ކުރުމުގެ ތަނަވަސްކަން ނެތްކަމަށެވެ.   ތުއްތުތުއްތު ޔޫމީއަށް އެހީވުމަށް ރުފިޔާ ފޮނުވާނީ: އެކައުންޓް ނަމްބަރު:  7730000107530      އެކައުންޓް ނަން: މައުޝާ އަބްދުލް ރަހްމާން (ޔޫމީގެ މަންމަ) އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ، 7387518 (މަންމަ) ނޫނީ 7399005 (ބައްޕަ)   ޔޫމީގެ ބޭސްފަރުވާއަށް ވީހާވެސް ގިނަ ބޭފުޅުން އެހީތެރިވެލައްވާ! ﷲ ގެ މަގުގައި ކުރެވޭ ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫން!
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...