ދިރާގު ފައިބަރ ބްރޯޑްބޭންޑާއި ޓީވީ ގެ ޙިދުމަތަށް އެދޭ ފޯމް ދޫކުރަނީ
ދިރާގު ފައިބަރ ބްރޯޑްބޭންޑާއި ޓީވީ ގެ ޙިދުމަތަށް އެދޭ ފަރާތްތަކަށް ، މިއަދު ފޯމް ދޫކުރަން ފަށައިފިއެވެ.    މީދޫ ކައުންސިލުން ޢާއްމުކުރައްވާފައިވާ ދެންނެވުމުގައިވާގޮތުން، މިކަމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް މިއަދު މެންދުރު ފަހު ، 1:30 ން ރޭގަނޑު 10:00 އަށް އަދި މާދަމާ ހެނދުނު 10:00 ން ރޭގަނޑު 10:00 އަށް ، އަފްނޯ  ޓްރޭޑަރސް ފިހާރަކުރިމަތީގައި ދިރާގުގެ ޓީމެއް ހަރަކާތްތެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި މީދޫގައި މިޚިދުމަތްތައް ދޭން ފެށޭނެކަމަށް ދިރާގުން މަޢުލޫމާތު ދެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...