'އެޖެންޑާ 19 ރަށަށް' ވޯކްޝޮޕު މާދަމާ ރ. ދުވާފަރުގައި ބާއްވަނީ
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމް.ޑީ.ޕީން 'އެޖެންޑާ 19 ރަށަށް' ނަމުގައި ބާއްވާ ހާއްސަ ވޯކުޝޮޕެއް މާދަމާ ރ. ދުވާފަރުގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.   މި ވޯކްޝޮޕަކީ އެމް.ޑީ.ޕީން ކައުންސިލް އިންތިހާބުގައި ވާދަކުރާއިރު ވާނެ ވައުދުތައް ދެނެގަތުމަށާއި ކައުންސިލްތަކުން ހިންގާނެ މަޝްރޫޢުތައް ދެނެގަތުމަށް ބާއްވާ ވޯކްޝޮޕެއްކަމަށް މަޢުލޫމާތުލިބެއެވެ.   މީގެ އިތުރު މި ވޯކްޝޮޕްގެ ތެރެއިން ރަށްރަށަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާއި ރަށުގައި ދިރިއުޅޭ މީހުންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރެވޭ ގޮތްތައް ދެނެގަތުމަކީވެސް މި ވޯކުޝޮޕު ކުރިއަށް ގެންދިޔުމުގެ މަޤުސަދެއްކަމަށް އެމް.ޑީ.ޕީން މަޢުލޫމާތުދެއެވެ.   މި ވޯކުޝޮޕުގައި ރަށު ކައުންސިލަރުންނާއި ދަޢުލަތުގެ ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލިސް މެމްބަރުންވެސް ބައިވެރިވާނެއެވެ. މީގެ އިތުރުން އެމް.ޑީ.ޕީގެ ދާއިރާ ރައީސުންނާއި ގޮފީގެ ރައީސުންގެ އިތުރުން ޕްރައިމަރީގައިވާދަ ކުރާ ކެންޑިޑޭޓުންވެސް ބައިވެރިވާގޮތަށް ވަނީ ހަމަޖައްސާފައެވެ.   އެމް.ޑީ.ޕީން އަންނަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ތައްޔާރުވުމަށް ވަރަށް ފޯރީގައި މަސައްކަތްތަކެއް ކުރަމުންނެވެ.
ފޮޓޯ: ނަސްރުﷲ ހުސައިން
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...