ނޫސްވެރިޔާ ހުސެއިން ނާސިފް ރ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރަނީ
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީ.ޕީ.އެމްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ރ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމަށް ރ. މާކުރަތަށް ނިސްބަތްވާ ނޫސްވެރިޔާ ހުސެއިން ނާސިފް ނިންމައިފިއެވެ.   މިހާރު ޗެނަލް 13 ގެ ނިއުސް ޑިޕާޓުމެންޓުގައި ޑެޕިއުޓީ ނިއުސް އެޑިޓަރެއްގެ މަޤާމު އަދާކުރަމުން ގެންދާ ހުސެއިން ނާސިފް މީދޫ ޓައިމްސްއަށް މަޢުލޫމާތުދެމުން ބުނީ، ރ. އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމަށް ވާދަކުރުމަށް ނިންމީ ރ. އަތޮޅުގެ ގިނަ ރަށްތަކެއްގެ ޕީ.ޕީ.އެމް މެމްބަރުން އެކަމަށް އެދުމުންކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާކޮށް އެކަންކަމަށް ހައްލުހޯދައިދިނުމަށް މަސައްކަތްކުރުމަށް ކަމަށެވެ.   މީގެ އިތުރުން، ޕްރައިމަރީ ކާމިޔާބުކޮށް އަދި އަތޮޅު ކައުންސިލްގެ ގޮނޑިވެސް ކާމިޔާބުކޮށް އަތޮޅުގެ ރަށްތަކުން ބޭނުންވާ ތަރައްޤީ ފުރިހަމަވެފައިވާ ފުދުންތެރި ރަށްތަކަކަށް ހަދައިދީ ނަމޫނާ ޒުވާނުންތަކެއް ދިރިއުޅޭ އަތޮޅަކަށް ހެދުމަކީ އުއްމީދެއްކަމަށްވެސް ނާސިފް ބުންޏެވެ.   ނޫސްވެރިކަމުގެ ދާއިރާގައި 8 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ނާސިފްވަނީ މީގެ ކުރިން ވީޓީވީ އަދި ޕީ.އެސް.އެމް ނިއުސްގައިވެސް މަސައްކަތްކޮށްފައެވެ. ހުސައިން ނާސިފް އަކީ ކުރިން އަތޮޅު ވެރިކަން ކުރެއްވި ރ. އިންނަމާދޫ ސައުދް އިބްރާހިމްގެ ދަރިއެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...