އިޓަލީ ގައުމީ ޓީމުގެ ކޯޗު މަންޗީނީ ރ. އަތޮޅުގެ ރިޒޯޓެއްގައި ޗުއްޓީ ހޭދަކޮށްފި
އިޓަލީގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ރޮބާޓޯ މަންޗީނީ ރ. އަތޮޅުގެ ރިޒޯޓެއްގައި ޗުއްޓީ ހޭދަކޮށްފިއެވެ.   ފަތުރުވެރިކަމުގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްކަމަށްވާ ޓްރެވެލް ޓްރޭޑް މޯލްޑިވްސްގައި ބުނެފައިވަނީ އިޓަލީގެ ކޯޗު ޗުއްޓީ ހޭދަކޮށްފައިވަނީ ރ. އަތޮޅު ފަސްމަންދޫގައި ހިންގަމުން އަންނަ އެމްރަލްޑް މޯލްޑިވްސް ރެޒޯޓް އެންޑް ސްޕާގައިކަމަށެވެ.   ޔޫރަޕުގެ މަޝްހޫރު ކުލަބުތަކެއްކަމަށްވާ މެންޗެސްޓަރ ސިޓީ، އިޓަލީގެ އިންޓާމިލާން ފަދަ ކުލަބުތައް ކޯޗުކަންކޮށްދީ ކާމިޔާބީތަކެއް ހޯދާފައިވާ މަންޗީނީ އެމްރަލްޑް މޯލްޑިވްސްގައި ޗުއްޓީ ހޭދަކޮށްފައިވަނީ އަންހެނުންނާއިއެކުގައެވެ.   އެމްރަލްޑް މޯލްޑިވްސްއަކީ ފަސް ތަރީގެ ރިޒޯޓެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...