ބ. ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓް ޖައްސައިފި
މިހާރު ރާއްޖޭގައި ހިންގަމުން އަންނަ އެންމެ ބިޒީ އެއް ޑޮމެސްޓިކް އެއާޕޯޓުކަމަށްވާ ބ. ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓް ޖައްސައިފިއެވެ.   ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓުގެ ގޮތުގައި ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް ޖައްސާފައިވަނީ މިއަދު ހެނދުނު 11:05 ގައެވެ. މޯލްޑްވިއަންގެ އިތުރުން ފްލައިމީ އަދި މަންޓާ އެއާއިންވެސް އަންނަނީ ދަރަވަންދޫއަށް ދަތުރުތައް ކުރަމުންނެވެ.   ފަތުރުވެރިކަން މަޤުބޫލު ބ. އަތޮޅުގެ ރިޒޯޓުތަކަށް އަންނަ ފަތުރުވެރިންގެ އިތުރުން ރ. އަތޮޅުގެ ދެކުނު ބިތުގައި ހިންގަމުން އަންނަ ރިޒޯޓުތަކަށްވެސް ދަރަވަންދޫ މަގުން ފަތުރުވެރިން އަންނަކަން ފާހަގަކޮށްލެވެއެވެ.   2012 ވަނަ އަހަރު ހުޅުވި ދަރަވަންދޫ އެއާޕޯޓު ހިންގަމުން އަންނަނީ އައިލެންޑް އޭވިއޭޝަން ސާވިސްއިންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...