ކައުންސިލް ފުލުހުން އަދި ސިއްޙީ މަރުކަޒު ގުޅިގެން ކަސްރަތު ޕްރޮގުރާމެއް ކުރިއަށް ގެންދަނީ
މީދޫ ކައުންސިލާއި ރ. މީދޫ ޕޮލިސް ސްޓޭޝަން އަދި މީދޫ ސިއްޙީ މަރުކަޒު ގުޅިގެން ކަސްރަތު ޕްރޮގުރާމެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.   މީދޫ ކައުންސިލުންކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ 3 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގުރާމުގައި މޫދު ކަސްރަތާއި އެއްގަމު ކަސްރަތުވެސް އޮންނާނެކަމަށެވެ.   މި ޕްރޮގުރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން 7660110 އަށް އެސްއެމްއެސް ކުރައްވައިގެން ނަން ނޯޓު ކުރެއްވުމަށް ކައުންސިލުން އެދިލައްވައެވެ.   މި ކަސްރަތު ޕްރޮގުރާމަކީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...