ސްކޫލްތަކުގައި ކުރިއަށްގެންދަމުން އައި ދަސްވާރު ޕްރޮގުރާމް ހުއްޓާލައިފި
މިދިޔަ ސަރުކާރުން ގްރޭޑް 10 ގެ ދަރިވަރުންނަށް ކުރިއަށް ގެންދަން ފެށި ދަސްވާރު ޕްރޮގުރާމް ހުއްޓާލައިފިއެވެ.   އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވާފައިވާ ސާކިޔުލާއެއްގައި ބުނެފައިވަނީ ޤައުމީ މަންހަޖުގެ ޘާނަވީ މަރުހަލާގައި ކިޔަވާ މުހިއްމު މާއްދާތައް ދޫކޮށްލުމަކީ ދަރިވަރުންނަށް މަތީ މަރުހަލާތަކުގައި އިތުރަށް ކިޔެވުމުގެ ފުރުސަތާއި ތަޢުލީމީ މަރުހަލާ ނިމުމަށްފަހު ލިބޭ ވަޒީފާތައް ލިބުމުގެ ފުރުސަތުވެސް ހަނިވެގެންދާކަމެއްކަމަށެވެ.   އެހެންކަމުން ދަސްވާރު ޕްރޮގުރާމް އުވާލުމަށް ނިންމާފައިވަނީ ދަރިވަރުންނަށް މަންހަޖުގައި ހިމެނިފައިވާ މާއްދާތައް ކިޔަވައިދިނުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ.   ދަސްވާރު ޕްރޮގުރާމް ކުރިއަށް ގެންދިޔުން ހުއްޓާލިނަމަވެސް ބީޓެކް ޕްރޮގުރާމް ކުރިއަށްގެންދާނެކަމަށް މަޢުލޫމާތުލިބެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...