ށ. ފުނަދޫ އެއާޕޯޓަށް މާދަމާ ޓެސްޓް ފްލައިޓު ޖައްސަނީ
ށ. ފުނަދޫގައި ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓަށް މާދަމާ ޓެސްޓު ފްލައިޓް ޖެއްސުމަށް ހަމަޖެހިއްޖެއެވެ.   ޓެސްޓް ފްލައިޓް ޖެއްސުމުގެ ރަސްމިއްޔާތަށް ފުނަދޫ ކައުންސިލުންވަނީ އެރަށުގެ ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ. ޓެސްޓް ފްލައިތް ޖެއްސުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 7:20 ގައެވެ. ފުނަދޫ އެއާޕޯޓު މި ފެށޭ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.   ފުނަދޫ އެއާޕޯޓުގައި ތަރައްޤީކޮށްފައިވަނީ 1200 މީޓަރު ދިގު 30 މީޓަރުގެ ފުޅާ ރަންވޭއެކެވެ. އެ އެއާޕޯޓުގެ ޓެކްސީވޭގައި 90 މީޓަރު ހުންނައިރު އޭޕްރަންގެ ފުޅާ މިނުގައި 50 އަދި ދިގު މިނުގައި 150 މީޓަރު ހުރެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...