ރ. އަތޮޅުގެ ރަށެއްގައި އޯޓިޒަމް ކުއްޖަކަށް ޖިންސީ ގޯނާކުރާކަމުގެ ތުހުމަތުތަކެއް؟!
ރ. އަތޮޅުގެ ރަށެއްގައި 14 އަހަރުގެ އޯޓިޒަމް ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުން އަންނަކަމަށާއި އެހެންނަމަވެސް މި މައްސަލައިގައި އަދިވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް ރާއްޖޭގެ ބައެއް މީޑިޔާތަކުން ބުނެފިއެވެ.   އޮންލައިން ނޫސް 'ފެށުން' ގައި އިތުބާރުކުރެވޭ މަސްދަރަކާއި ހަވާލާދީ ބުނެފައިވަނީ މިކަމެއް ހިނގާތާ ގިނަ ދުވަސްތަކެއްވެފައިވާކަމަށާއި މިދޔަ އަހަރުން ފެށިގެން ކޮންމެ ދުވަހަކުހެން މިކަމެއް ހިނގަމުންދާކަމަށެވެ. ޖިންސީގޯނާ ލިބެމުން އަންނަ ކުއްޖާގެ ބޭބެއާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން މިކަމެއް ހިނގަމުން އަންނަކަމަށެވެ.   އަނިޔާ ލިބެމުން އަންނަ ކުއްޖާ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުވެސް އެ ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައިވާކަމަށް ބުނެފައިވާކަމަށާއި މި މައްސަލަ ދުވާފަރުގައި ހުންނަ ރ. އަތޮޅުގެ ޖެންޑަރ ގޮއްޕަށް އަދި ފުލުހުންނަށް ހުށައެޅުމުންވެސް މިކަމުގައި އެއްވެސް ފަރާތަކުން އަޅާލާފައިނުވާކަމަށް އެކުއްޖާގެ ބޭބެ ބުނެފައިވެއެވެ.   'ފެށުން' ނޫހަށް މަޢުލޫމާތުދެމުން އެކުއްޖާގެ ބޭބެ ބުނެފައިވަނީ މި މައްސަލަ ޖެންޑަރގެ މާލެ އޮފީހަށްވެސް ހުށައަޅާފައިވާކަމަށާއި އެހެންނަމަވެސް އަދިވެސް އެމީހާ ހުރީ މިނިވަންކޮށްކަމަށެވެ.   މަޢުލޫމާތުލިބޭ ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވެނީ އިފުރު އެއާޕޯޓުގައި މަސައްކަތްކުރާ ދިވެހި ފިރިހެނަކަށެވެ. އަދި އެމީހާ އަކީ އެ ކުއްޖާގެ ޅިޔަނެއްކަމަށްވެސް މަޢުލޫމާތުލިބެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...