އަތޮޅު ކައުންސިލް މެމްބަރު އަންވަރު މީދޫ ކައުންސިލަށް ވާދަކުރައްވަނީ
ރ. އަތޮޅު ކައުންސިލްގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަންވަރު އިބްރާހިމް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މީދޫ ކައުންސިލަށް ވާދަކުރެއްވުމަށް ނިންމާފައިވާކަމަށް މީދޫ ޓައިމްސްއަށް މަޢުލޫމާތުލިބިއްޖެއެވެ. 
މަޢުލޫމާތު އިނގޭ ފަރާތަކުން 'އެމް.ޓީ'އަށް މަޢޫލުމާތުދެމުން ބުނީ،ޕީ.ޕީ.އެމްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ހޮވުމަށް ބާއްވާ ޕީ.ޕީ.އެމްގެ ޕްރައިމަރީގައި ވާދަކުރުމަށް އަންވަރު އިބްރާހިމް މިހާރު ފޯމުވެސް ހުށައަޅުއްވާފައިވާކަމަށެވެ.    މީގެ ކުރިން އެމް.ޓީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަންވަރު ވިދާޅުވީ، ވަރަށް ގިނަ ފަރާތްތަކުން އަންވަރު ކައުންސިލަށް ނިކުތުމަށް އެދެމުން އަންނަކަމަށެވެ. އެހެންނަމަވެސް ސީދާ ކުރިމަތިލުމަށް ނިންމަވާފައިވާކަމަކަށް އަންވަރު އިބްރާހިމް އޭރު ވިދާޅެއްނުވެއެވެ.   އަންވަރު އިބްރާހިމްވަނީ މީގެ ކުރިން ބޭއްވި ތިން އިންތިހާބުގައިވެސް ރ. އަތޮޅު ކައުންސިލަށް އިންތިހާބުވެވަޑައިގެންފައެވެ. މީގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސްކަން ކުރެއްވުމުގެ އިތުރުން އަންވަރުވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑު މެމްބަރުކަންވެސް ކުރައްވާފައެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...