މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކުގެ ހާއްސަ ދަރުހެއް މިރޭ މާލޭގައި
 ޒިމްބާބްވޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކުގެ ހާއްސަ ދަރުހެއް މިރޭ މާލޭގައި އޮންނާނެއެވެ.   އިސްލާމިކް މިނިސްޓަރުގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން މުފްތީ ދެއްވާ ހާއްސަ ދަރުސް އޮންނާނީ މިރޭ 20:15 ގައި ކާނިވާ ސްޓޭޖުގައިކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މިރޭގެ ދަރުސްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ދީނީ ގޮތުން މީހުން ރިހެބިލިޓޭޓު ކުރުމާ ބެހޭ ގޮތުންނާއި އެކަމުގެ މުހިއްމުކަމުގެ މައްޗަށެވެ.   މުފްތީ މެންކުގެ ދަރުސް ސަންގު ޓީވީންނާއި ރާއްޖެ ޓީވީން އަދި ވީޓީޓީން ލައިވްކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މުފްތީ މެންކުގެ ދަރުހެއް މާދަމާ ރޭ އައްޑޫ ސިޓީގައި އަދި ބުރާސްފަތި ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...