މައި ކޮލެޖް މީދޫ އޮފީހަށް އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދަނީ
އެމްއައި ކޮލެޖުން މީދޫގައި ހިންގަމުން އަންނަ ކެމްޕަހުގެ އޮފީހުގައި މަސައްކަތް ކުރާނެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދަން އިޢުލާނުކޮށްފިއެވެ.   އެ ކެމްޕަހުންކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ފުލް ޓައިމްކޮށް މަސައްކަތް ކުރާނެ 1 އެޑިމިނިސްޓްރޭޓިވް އޮފިސަރެއް ބޭނުންވާ ކަމަށާއި މަސައްކަތް ކުރަން ޖެހޭނީ ދުވާލަކު 8 ގަޑިއިރުކަމަށެވެ. މި ވަޒީފާގެ މުސާރައިގެ ގޮތުގައި 5000 ރުފިޔާ އާއި 7000 ރުފިޔާ ދެމެދުގެ އަދަދެއް ދޭނެކަމަށްވެސް އިޢުލާނުގައިވެއެވެ.   މި ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އޯލެވެލް ނޫނީ އޭލެވެލް ފުރިހަމަކޮށްފައިވުމުގެ އިތުރުން އޮފީސް މެނޭޖްމެންޓުން ޑިޕްލޮމާއެއް ނުވަތަ ސެތްފިކެޓެއް ހާސިލްކޮށްފައިވުމެވެ. މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ޖަނަވަރީގެ ކުރިން ފޮޓީ ޖަހާފައިވާ ސީވީ އަކާ އައިޑީ ކާޑު ކޮޕީއެއް އަދި ބޭނުންވާ ލިޔުންތައް meedhoo.mic@gmail.com އަށް މެއިލްކުރުމަށް އެ އިޢުލާނުގައި އެދިފައިވެއެވެ.   ކޮންމެ އަހަރަކުވެސް މައި ކޮލެޖުގެ މީދޫ ކެމްޕަހުގައި ގިނަ އަދަދެއްގެ ދަރިވަރުން ތަޢުލީމު ހާސިލްކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...