އެމް.ޑީ.ޕީ ޕްރައިމަރީގެ ފޯރި މަޑުއްވަރީގައި ވަރަށް ގަދަ، 11 ފަރާތަކުން ކުރިމަތިލާފައިވޭ!
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި މަޑުއްވަރީން 11 މީހަކު ކުރިމަތިލައިފިއެވެ.   އެމް.ޑީ.ޕީން މިއަދު އާއްމުކޮށްފައިވާ ކެންޑިޑޭޓުންގެ ލިސްޓުގައި ވާ ގޮތުން މަޑުއްވަރީ ކައުންސިލްގެ ރައީސްގެ ޓިކެޓު ހޯދުމަށް 3 މީހަކު ކުރިމަތިލާފައިވެއެވެ. އެ ފަރާތްތަކަކީ ރ. މަޑުއްވަރީ ރެޑިޔަމްގެ އަޙްމަދު ފާއިޒް، ސީސަންގެ އަބްދުﷲ ޖާމިޢު އަދި ހިތިލާގެ އަޙްމަދު ރަފީޢުއެވެ.   މީގެ އިތުރުން ކައުންސިލް މެމްބަރުކަމަށް ވާދަކުރުމަށް ފިރިހެނުންގެ ތެރެއިން 4 މީހަކާއި 3 އަންހެނުންވެސް ކުރިމަތިލާފައިވާކަން ފާހަގަކޮށްލެވެއެވެ. ކައުންސިލްތަކުގެ ޤާނޫނަށް ގެނެވުނު ބަދަލާއިއެކު މަޑުއްވަރީ ކައުންސިލަށްވެސް އިންތިހާބު ކުރާނީ 5 މެމްބަރުންނެވެ. މީގެ ތެރެއިން 2 މެމްބަރުންނަކީ އަންހެނުންނަށްވުމަށް ޤާނޫނުންވަނީ ލާޒިމްކޮށްފައެވެ.   އެމް.ޑީ.ޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...