މީދޫގައި ޓާފް ދަނޑެއް އެޅުމަށް ބިމެއް ކަނޑައެޅުމަށް ޔޫތު މިނިސްޓްރީން އެދިއްޖެ
މީދޫގައި ޓާފް ދަނޑެއް އެޅުމަށް ބިމެއް ކަނޑައަޅާ ޔޫތު މިނިސްޓްރީގެ ނަމަށް އެބިން ރަޖިސްޓްރީކޮށްދިނުމަށް ޔޫތު މިނިސްޓްރީން މީދޫ ކައުންސިލުގައި އެދިއްޖެއެވެ.   ކައުންސިލް މެމްބަރު ރައްޒާން ޒަރީރު ވިދާޅުވީ، ބިމެއް ކަނޑައަޅައިދިނުމަށް އެދި ޔޫތު މިނިސްޓްރީން ސިޓީއަކުން އެދިފައިވާކަމަށާއި އެކަމުގެ މަސައްކަތްތައް މިހާރު ކައުންސިލުން ކުރަމުން ގެންދާކަމަށެވެ. ޔޫތު މިނިސްޓްރީން އެދިފައިވަނީ ދަނޑެއް އެޅުމަށް 74 މީޓަރު ފުޅާ އަދި 111 މީޓަރުގެ ދިގުމިން ހުރި ބިމެއް ކަނޑައަޅައިދިނުމަށްކަމަށްވެސް ރައްޒާން ވިދާޅުވިއެވެ.   މިހާރު މީދޫގައި ބޭނުންކުރަމުން އަންނަ ރަސްމީ ބޯޅަ ދަނޑުގެ ބިމުން 74 މީޓަރުގެ ފުޅާ މިން ލިބުނުކަމުގައިވީނަމަވެސް 111 މީޓަރުގެ ދިގުމިން ހަމަނުވާކަމަށް ރައްޒާން މަޢުލޫމާތުދެއްވިއެވެ. އެގޮތުން ރަސްމީ ދަނޑުގެ ދިގު މިނުގެ ގޮތުގައި މިހާރު ލިބެން އޮތީ 107 މީޓަރުކަމަށް މަޢުލޫމާތުލިބެއެވެ.   މިން ހަމަކުރުމަށްޓަކައި އިތުރަށް ހެދެން އޮތް ގޮތްތަކަކީ ކޮބާތޯ ބެލުމަށް ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންކަމަށްވެސް ރައްޒާން ވިދާޅުވިއެވެ. މީދޫގައި ޓާފް ފުޓުބޯޅަ ދަނޑެއް އެޅުމަށް މިއަހަރުގެ ބަޖެޓުގައި 6 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...