އެމް.ޑީ.ޕީގެ ޓިކެޓުގައި މިފަހަރު މީދޫ ކައުންސިލަށް ވާދަކުރަނެ ފަރާތެއް ނެތް؟!
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށައެޅުމުގެ ސުންގަޑި މިމަހުގެ 10 ވަނަ ދުވަހުގެ ރޭ 9:00އަށް ވަނީ ހަމަވެފައެވެ. ވަގުތު ހަމަވިއިރު ރާއްޖޭގެ އެކި ރަށްތަކުގެ ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް ވާދަކުރުމަށް 1400 އަށްވުރެ ގިނަ ފޯމު ހުށައަޅާފައިވާކަމަށް އެމް.ޑީ.ޕީން ބުނެއެވެ.   ރަށްރަށުގައި އެމް.ޑީ.ޕީގެ ޕްރައިމަރީގެ ފޯރި ވަރަށްގަދަކޮށް އުޅުނު ނަމަވެސް މީދޫގައި އެމް.ޑީ.ޕީގެ އަޑުވަނީ ވަރަށް ބޮޑަށް ފަނޑުވެފައެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އެމް.ޑީ.ޕީގެ ޓިކެޓުގައި މީދޫ ކައުންސިލަށް ވާދަކުރުމަށްވެސް އެއްވެސް ފަރާތަކުން ފޯމު ހުށައަޅާފައި ނުވާކަމަށް މަޢުލޫމާތުލިބެއެވެ.   އެމް.ޑީ.ޕީ މީދޫ ގޮފީގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކާއި ސުވާލުކޮށްލުމުން ބުނީ އެއްވެސް މެމްބަރަކު އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށައަޅާފައިވާކަމުގެ މަޢުލޫމާތެއް ލިބިފައި ނުވާކަމަށެވެ. އެމް.ޑީ.ޕީގެ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށައަޅާފައިވާކަން އެމް.ޑީ.ޕީގެ އެއްވެސް މެމްބަރަކުވެސް އިޢުލާނުކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.   އެމް.ޑީ.ޕީގެ ސަރުކާރެއް އޮވެމެ ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ކައުންސިލްތަކަށް އެމް.ޑީ.ޕީން ބޭނުންވާ ބާރުތައް ދިނުމަށްފަހު ބާއްވާ އިންތިހާބުގައި މީދޫ ކައުންސިލަށް އެމް.ޑީ.ޕީގެ އެންމެ މެމްބަރެއްގެ ޝައުޤުވެރިކަންވެސް ނެތުމުން ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.   މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...