މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތުގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
  ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ނުގެއްލޭކަމަށް ދާދި ދެންމެއަކު ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.    މަޖިލީހަށް އިންތިޙާބުވި ޕާޓިން ވަކިކުރުމުން ނުވަތަ ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއއްޖެނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި އެކު އިލެކްޝަންސް ކޮމިޝަނުން މެމްބަރު އަމީތުގެ ގޮނޑި ގެއްލިޖެކަމަށް ނިންމުމުގެ ސަބަބުން މަޖިލީހުގައި މި ދާއިރާ ތަމްސީލް ނުކުރާތާ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައެވެ.    މެމްބަރު އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް އަދި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ގޮނޑިވެސް ނުގެއްލޭކަމަށް ސުޕްރީމް ކޯޓުންވަނީ މިއަދު ހުކުމްކޮށްފައެވެ.    މި ނިންމުމާއިއެކު އަނެއްކާވެސް މަޖިލީހުގެ ތެރެއިން މަޑުއްވަރީ ދާއިރާގެ އަޑު އިވިގެންދާނެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...