ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އާ ޔުނިފޯމުގައި ދަރިވަރުން ސްކޫލަށް، ވަރަށް ހިތްގައިމު!
އަހަރުތަކަކަށްފަހު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޔުނިފޯމު ބަދަލުކޮށް އާ ޔުނިފޯމުގައި ދަރިވަރުން ދިރާސީ އަހަރުގެ ފުރަތަމަ ދުވަހު ސްކޫލަށް ނިކުމެއްޖެއެވެ.   މިއަދުން ފެށިގެން ބޭނުންކުރަން ފަށާފައިވަނީ މަޑު ނޫ ކުލައިގެ ޔުނިފޯމެކެވެ. ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައިވަނީ 400 އަށްވުރެ ގިނަ ދަރިވަރުންނާއިއެކުކަމަށް މަޢުލޫމާތުލިބެއެވެ. . ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން މިއަދު ހެނދުނު މުދައްރިސުން ދަރިވަރުންނަށް މަރުހަބާ ކިޔުމަށްފަހު ހާއްސަ އެސެމްބްލީއެއް ބާއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.    ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވާއިރު ގިނަ މާއްދާތަކަށް ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މުދައްރިސުންވެސް ހަމަވެފައިވާކަން ފާހަގަކޮށްލެވެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...