ރ. އަތޮޅުން ފުރައިގެން މާލެ ދަތުރުކުރި ޔޮޓެއްގެ ޑިންގީ ގެއްލިގެން ހޯދަނީ
ރ. އަތޮޅުން ފުރައިގެން މާލެ ދަތުރުކުރި މިޝް ސްކައި ނަމަކަށްކިޔާ ޔޮޓެއްގެ ފަހަތުގައި އައްސާފައި އޮތް ޑިންގީއެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.   މި ޑިންގީ ގެއްލިގެން އުޅޭކަމުގެ ރިޕޯޓު އެމް.އެން.ޑީ.އެފަށް ލިބިފައިވާކަމަށް އެމް.އެން.ޑީ.އެފްގެ މީޑިޔާ އޮފިސަރ މޭޖަރ ޖެނެރަލް އިބްރާހިމް އާޒިމްވަނީ ޔަގީންކޮށްދެއްވާފައެވެ. އެމް.އެން.ޑީ.އެފުން ބުނީ ޑީންގީ ގެއްލުނުކަމުގެ މަޢުލޫމާތު އެމް.އެން.ޑީ.އެފަށް ލިބިފައިވަނީ ހެނދުނު 07:15 ހާއިރުކަމަށާއި ޑިންގީ ގެއްލިފައިވާކަމަށް ބެލެވެނީ ފަތިހު 5:30 ހާއިރުކަމަށެވެ.   މި ޑީންގީ ގެއްލިފައިވަނީ ބ. ކުޑަރިކިލު ކައިރިން ދަތުރުކުރަމުން ދަނިކޮށްކަމަށްވެސް އެމް.އެން.ޑީ.އެފުން މަޢުލޫމާތުދެއެވެ. ޑިންގީ ގެއްލުނުއިރު އޭގައި އެއްވެސް މީހަކު ނެތްކަމަށް މަޢުލޫމާތުލިބެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...