ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް ރިލީފް ޓީޗަރެއް ހޯދަނީ
މިއަހަރުގެ ދިރާސީ އަހަރު ނިމޭ ދުވަސްކަމުގައިވާ ނޮވެމްބަރު 22 ވަނަ ދުވަހާއި ހަމައަށް ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވައިދޭން ރިލީފް ޓީޗަރެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.    ކޮންޓްރެކްޓް އުސޫލުން ހޯދާ މި ޓީޗަރަކީ މަރުކަޒުގެ ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދިނުމަށް ހޯދާ ޓީޗަރެކެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތުގައި ހުންނަ ޖެހޭ ޝަރުތުތަކުގެ ތެރޭގައި ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން ނުވަރަ މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެވެ.    ސާނަވީ ތަޢުލީމް ހާސިލްކޮށްފައިވާނަމަ އަސާސީ މުސާރައަކީ މަހަކު 4500 ރުފިޔާއެވެ. އަދި ސަރވިސް އެލެވެންސްގެ ގޮތުގައި މަހަކު 1500.00 ރުފިޔާ ލިބޭނެކަމަށް އިޢުލާނުގައިވެއެވެ. މަތީ ސާނަވީ ތަޢުލީމު ހާސިލްކޮށްފައިވާނަމަ އަސާސީ މުސާރައިގެ ގޮތުގައި 5500.00 ރުފިޔާ ލިބޭނެއިރު ސަރވިސް އެލެވެންސްއަކީ މަހަކު 1500.00 ރުފިޔާއެވެ. ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ މުސާރައިގެ ގޮތުގައި 6090.00 ލިބޭއިރު 2500.00 ރުފިޔާ ސާވިސް އެލެވެންސްގެ ގޮތުގައި ލިބޭނެކަމަށް އިޢުލާނުގައިވެއެވެ.    މިވަޒީފާއަށް އެދޭ ފޯމު މަރުކަޒުގެ އިދާރާއިންނާއި ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ތަކެތި ހުށައަޅަން ޖެހޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8.00 އިން 14.00 އަށް ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިދާރާއަށެވެ.    މި ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 16 އޮކްޓޯބަރ 2018 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14.00 އެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...