މިރޭވެސް މުޅި މީދޫއިން ކަރަންޓު ކެނޑިއްޖެ
23:15| ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓް ދިފި. 

23:06 | މިދުވަސްވަރަކީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޖީ.ސީ.އީ އޯ ލެވެލް އަދި އޭ ލެވެލްގެ އިމްތިޙާނު ކުރިއަށްދާ ދުވަސްވަރަށް ވުމާއެކު، ރަށުގެ ކަރަންޓް ނެތުމުގެ ސަބަބުން އިމްތިޙާނުތަކަށް ތައްޔާރުވާ ދަރިރަރުންނަށް ދަތިތަކާއި ކުރިމަތިވެގެންދާނެ. 

22:40 | މީދޫ ޓައިމްސްއަށް މައުލޫމާތު ލިބޭގޮތުގައި މީދޫގައި މިވަގުތު ހުރީ މީދޫގެ  ހުރިހާ  ގޭބިސީއަކަށް  ކަރަންޓުދެވޭ  ކެޕޭސިޓީގެ  އެންމެ  ޖަނަރޭޓަރެއް.  މައްސަލަ  ދިމާވެގެން  މިއުޅެނީ  މި  ޖަނަރޭޓަރަށް.  ފެނަކަ  ކޯޕަރޭޝަން  މީދޫ  ބްރާންޗުގައިދެންހުރި  ކުޑަ  ޖަނަރޭޓަރުން  ކަރަންޓުދެވެނީ  ރަށުގެ  ވަރަށް  ކުޑަ  ސަރަހައްދަކަށްކަމަށް  މައުލޫމާތުލިބޭ.  އެހެންކަމުން  މިޖަނަރޭޓަރުން  ކަރަންޓު  ދީފައިވަނީ  ސިއްހީމަރުކަޒު  ހިމެނޭ  ޒޯން  ނުވަތަ  ފީޑަރަށް.  ރޭވެސް  މިޒޯނުން  ކަރަންޓު  ކެނޑިފައިވަނީ  ކުޑަ  ވަގުތުކޮޅަކަށް . އެހެންކަމުން  އާއްމު ބައެއް ފަރާތްތަކުން އަންނަނީ މިކަމާ ޝަކުވާކުރަމުން. 

22:24 | ފެނަކަ  ކޯޕަރޭޝަނުން  މައުލޫމާތުދޭ  ގޮތުގައި  މިރޭވެސް  ސިއްހީ  މަރުކަޒު  ހިމެނޭ  ޒޯނަށް  ކަރަންޓު ލިބޭނެ. ރޭވެސް ވަނީ ގިނަ ވަގުތުތަކުގައި މި ޒޯނުގެ ގެތަކަށް ކަރަންޓުދީފައިކަމަށް މައުލޫމާތު ލިބޭ.

22:18 | ފެނަކަ ކޯޕަރޭޝަން މީދޫ ބްރާންޗުން މައުލޫމާތުދޭގޮތުގައި މިރޭވެސް ކަރަންޓުދެވޭނެވަގުތެއް އަދި ބުނެދޭން ނޭނގޭ

22:10 | ފެނަކަ  ކޯޕަރޭޝަންގެ  މީދޫ  ބްރާންޗުގެ  މެނޭޖަރ  އަހުމަދު  ޒަމީރު  ދާދި  ދެންމެއަކު  މީދޫ  ޓައިމްސްއަށް މައުލޫމާތުދެމުން  ބުނީ މިރޭވެސް ދިމާވީ ހަމަ ރޭގައިވެސް ދިމާވި ރޭޑިއޭޓަރުގެ މައްސަލަކަމަށް.

21:56 | ރެއެކޭ އެއްގޮތަށް މިރޭވެސް މުޅި މީދޫއިން ކަރަންޓު ކެނޑިއްޖެއެވެ.   
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...