މެމްބަރު އަމީތުގެ މައްސަލައިގައި މާދަމާ ސުޕްރީމް ކޯޓުން ހުކުމް ކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަތަރު މެމްބަރުންގެ ގޮނޑިގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށްފަހު މާދަމާ މި މައްސަލައިގައި ގޮތެއް ނިންމުންމަށް ތާވަލުކޮށް މެމްބަރުންނަށް ޗިޓު ފޮނުވައިފިއެވެ.   މި މައްސަލައިގައި މާދަމާ ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ހަތަރު މެމްބަރުންނަކީ މަޑުއްވަރީ ދާއިރރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ   . މި ހަތަރު މެމްބަރުންނަކީވެސް އިންތިޚާބުވި ޕާޓީން ވަކިވުމުން ނުވަތަ ޕާޓީން މެމްބަރަކު ވަކިކުރުމުން ގޮނޑި ގެއްލޭގޮތަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމުގެ ސަބަބުން މިދިޔަ އަހަރުގެ ތެރޭގައި ގޮނޑި ގެއްލުނު 4 މެމްބަރުންނެވެ.   މި ހަތަރު މެމްބަރުން ހިމެނޭ ގޮތަށް 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުންވަނީ މިދިޔަ ހަފްތާގެ ތެރޭގައި ބާތިލްކޮށްފައެވެ. މި މެމްބަރުންގެ ގޮނޑި ގެއްލުނުކަމަށް ނިންމި ފަހުން މި މެމްބަރުން ހިމެނޭ ދާއިރާތަކުގެ އަޑު މަޖިލީހުގައިވަނީ ކެނޑިގެން ގޮސްފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...