މުޅި މީދޫ ރޭ އޮތީ ކަނު އަނދިރީގައި!
އިންޖީނުގެ ރޭޑިއޭޓަރއަށް ދިމާވި މައްސަލައަކާއިގުޅިގެން މުޅި މީދޫއިން ރޭ ކަރަންޓު ހިނގައްޖެއެވެ.    ރޭ 8:30 ން ފެށިގެން ފެނަކަ ކޯޕަރޭޝަން މީދޫ ބްރާންޗުން ވަނީ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާލާފައެވެ. ރަށުގެ ބޮޑު ބައެއް ރޭ ހޭދަކޮށްފައިވަނީ ކަރަންޓުގެ އަލިކަމެއްނެތިކަން ފާހަގަކޮށްލެވެއެވެ.
ފެނަކަ ކޯޕަރޭޝަން މީދޫ ބްރާންޗުން މީދޫ ޓައިމްސްއަށް މައުލޫމާތުދެމުން ބުނީ މައްސަލަ ދިމާވީ ޖެނެރޭޓަރ އޮވަރހީޓުވުމުގެ ސަބަބުންކަމަށެވެ. މައްސަލަ މުޅިން ހައްލުކޮށް މުޅި ރަށަށް ކަރަންޓުދެވިފައިވަނީ މިއަދު ހެނދުނު 7 ޖެހިފަހުންނެވެ. 
ފެނަކަ ކޯޕަރޭޝަނުން މީދޫ ޓައިމްސްއަށް މައުލޫމާތުދިންގޮތުގައި މުޅި ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ ވަގުތުތަކެއްނެގީ ވަގުތީ ހައްލެއް ހޯދައިގެން ކަރަންޓު ދިނުމުގެ ބަދަލުގައި ދާއިމީ ހައްލަކަށް މަސައްކަތްކުރުމުންނެވެ.   ކަރަންޓު ނެތުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މައާފަށްއެދޭކަމަށްވެސް ފެނަކަ ކޯޕަރޭޝަން މީދޫ ބްރާންޗުން ހާމަކުރިއެވެ. އަދި މި ދަނޑިވަޅުގައި ރައްޔިތުންގެ ފަރާތުން ފެނުނު ކެތްތެރިކަމާއި ދެއްވި އެއްބާރުލުމަށް ފެނަކަ ކޯޕަރޭޝަން މީދޫ ބްރާންޗުން ޝުކުރު އަދާކުރާކުރެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...