މެމްބަރު ފަލާހުގެ ނަމުުގައި ޓްވިޓަރގައި އުޅެނީ ފޭކު އެކައުންޓެއް!
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހުގެ ނަމުގައި ޓްވިޓަރގައި އުޅެނީ މެމްބަރު ފަލާހުގެ އެކައުންޓެއް ނޫންކަން މެމްބަރު ފަލާހު ކަށަވަރުކޮށްދެއްވައިފިއެވެ.   މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިޔުޓީ ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ މެމްބަރު ވިދާޅުވީ ބަޔަކު އޭނާގެ ނަމުގައި ފޭކު ޓްވިޓަރ އެކައުންޓުތަކެއް ހަދައިގެން އުޅޭތާ ދުވަސްތަކެއްވެއްޖެކަމަށާއި އެހެންނަމަވެސް އޭނާ ޓްވިޓަރ ބޭނުންފުޅު ނުކުރައްވާކަމަށެވެ.    މެމްބަރު ފަލާހު ވިދާޅުވީ އޭނާގެ ނަމުގައި ދެ ޓްވިޓަރ އެކައުންޓެއް ޓްވިޓަރގައި އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އެހެންކަމުން އެކަމަށް އެންމެހާ ރައްޔިތުން ސަމާލުވުމަށްވެސް މެމްބަރު އެދިލައްވައެވެ.    ޓްވިޓަރގައި ވައިރަލްވފައިވާ މި ޓްވިޓަރ އެކައުންޓުތަކުންދަނީ މެމްބަރު ފަލާހުގެ އަގުވެއްޓޭ ގޮތަށް ޓްވީޓުތަކެއްކުރަމުންނެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...