މޫސުންގޯސްވެ، ރާއްޖޭގެ ބޮޑުޞަރަޙައްދަކަށް ޔެލޯ އެލާރޓް.
ރާއްޖެއަށް ކުރަމުންމިދާ ވިއްސާރަ އިތުރަށް ގަދަވެ، ހއ.އަތޮޅާއި ތ އަތޮޅާއި ދެމެދުގެ ސަރަހައްދަށް މިހާރު ވަނީ ލެޔޯ އެލާރޓް ނެރެފައެވެ.   ދިވެރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ޓްވިޓަރގައި އެންމެ ފަހުން އާއްމުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން މިއަދު މެންދުރު 12:30 ގައި ނެރުނު ޔެލޯ އެލާރޓްގެ ވަގުތު މިހާރުވަނީ މިރޭ 08:30 އާއި ހަމައަށް އިތުރުކޮށްފައެވެ. އެންމެ ފަހުން ނެރުނު ޔެލޯ އެލާޓްގައިވާގޮތުން އާއްމުގޮތެއްގައި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން 30 މޭލާއި 40 މޭލު ދެމެދުގެ ބާރުމިނުގައި އަދި  ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެއެވެ. އަދި މޫސުމާއިބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު 10:00ން ފެށިގެން ކުރިއަށްއޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށްބަލާ އާއްމުކަށްފައިވާ ޢިއުލާނުގައިވާ ގޮތުން، ރާއްޖޭގެ އުތުރާއި މެދުތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށާއި ދެކުނުގެ އެކިހިސާބަށްވެސް ވިއްސާރަކުރާނެކަމަށް ލަފާކުރެއެވެ.      އާއްމުގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެއެވެ. ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވެއެވެ. ހުރިހާ ފަރާތުތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރައްވައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...