ރ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާ އާމިރު އަޙްމަދު ކެމްޕެއިން ފަށައިފި
2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލުމަށް ނިންމާފައިވާ ރ. ދުވާފަރު މެރިންވިލާ، އާމިރު އަޙްމަދުގެ ކެމްޕެއިން ރަސްމީކޮށް ފަށައިފިއެވެ.   އަތޮޅު ކައުންސިލްގެ ރައީސްކަމަށް އާމިރު އަޙްމަދު ކުރިމަތިލުމަށް ނިންމާފައިވަނި އެމް.ޑީ.ޕީގެ ފަރާތުންނެވެ. އެހެންކަމުން އެންމެ ފުރަތަމަ ޖެހޭނީ އެ ޕާޓީން ކުރިމަތިލާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާށެވެ.   2011 ވަނަ އަހަރުން ފެށިގެން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން އަންނަ އާމިރު އަޙްމަދަކީ މިވަގުތު ރ. ދުވާފަރު ސިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރގެ މަޤާމު އަދާކުރަމުންގެންދާ ފަރާތެވެ. މީގެ އުތުރުން 2013 އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމް.ޑީ.ޕީ ދުވާފަރު ދާއިރާގެ ކެމްޕެއިން މެނޭޖަރަކީވެސް އާމިރުއެވެ.   މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެމުން އާމިރު ބުނީ، އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލުމަށް ނިންމީ އަތޮޅުގެ ހިންގުން ހަރުދަނާ ކުރުމަށާއި ސަރުކާރުގެ ނުފޫޒު ހިނގާ ހިސާބުގައި އަތޮޅު ރަމްސީލްކޮށް ރާއްޖޭގައި އަތޮޅުގެ އަޑު ގުގުމާލުމަށްކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ ވައުދުތައް ތަންފީޒުކުރުމަށް އެހީތެރިވުންކަމަށްވެސް އާމިރު މަޢުލޫމާތުދެއެވެ.   އަތޮޅު ކައުންސިލްގެ ރައީސްކަން މިހާރުވެސް ކުރަމުން އަންނަ އަލީ ޝާހިދުވެސް ވަނީ ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ނިންމަވާފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...