ރ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް އަލީ ޝާހިދު ވާދަކުރައްވަނީ
2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް މިހާރުވެސް އެ މަޤާމުގައި ހުންނެވި އަލީ ޝާހިދު ނިންމައިފިއެވެ.   އަލިފުށި ދާއިރާގެ މެމްބަރުގެ ގޮތުގައި އަތޮޅު ކައުންސިލަށް އިންތިހާބުވެ ވަޑައިގެންފައިވާ އަލީ ޝާހިދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަތޮޅުގެ ރަށްތަކާއިއެކު އުފެދިފައިވާ ގާތް ގުޅުން ދެމެހެއްޓުމަށް، އަތޮޅު ހިންގާނެ ވެރިޔަކު ހޮވުމަށް އޮންނަ އެމް.ޑީ.ޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށެވެ.   މީގެ އިތުރުން، އަލީ ޝާހިދު ކުރިމަތިލެއްވުމަށް ނިންމަވާފައިވާކަން އުނގޫފާރުގެ އެމް.ޑީ.ޕީ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ އިޢުލާންކުރައްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.   އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދުއަކީ ހައްޤަށް ބަސްބުނަން ކެރޭ ހިންގުންތެރި ލީޑަރެއްކަމަށް އަތޮޅުގެ ގިނަ ރައްޔިތުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...