ދުވާފަރުން މަސްތުވާތަކެއްޗާއެކު ދެ ޒުވާނުން ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ރ. ދުވާފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ ޒުވާނުން ހައްޔަރުކޮށްފިއެވެ.   ޕޮލިސް މީޑިޔާއިން މަޢުލޫމާތުދޭ ގޮތުގައި ދުވާފަރުން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެކެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ދުވާފަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑިސެމްބަރު 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ ރަށުގެ ބަނދަރު ސަރައްދުންކަމަށް މަޢުލޫމާތުލިބެއެވެ.   ފުލުހުންގެ މީޑިޔާއިން މަޢުލޫމާތުދޭ ގޮތުގައި މި ދެމީހުންނަށް ފުލުހުން ފެނުމާއިއެކު 25 އަހަރުގެ މީހާ ގެ އަތުގައިހުރި ތަކެތި މޫދަށް އުކާލުމުން ފުލުހުންވަނީ މޫދުން އެތަކެތި ނަގާފައެވެ. އަދި އެ ތަކެތި ބަލައި ފާސްކުރިއިރު މަސްތުވާތެކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިހުރި ހަތަރު ހޮޅިކޮޅު އެމީހުންގެ އަތުން ފެނިފައިވެއެވެ.   މި މީހުންގެ ބަންދަށް ދުވާފަރު މެޖިސްޓްރޭޓް ކޯޓުންވަނީ 5 ދުވަސް ޖަހައިދީފައެވެ. މި މައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުޤީޤުކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...