ފެނަކަ މީދޫ ބުރާންޗަށް އެސިސްޓެންޓް މެނޭޖަރެއް ހޯދަނީ
ފެނަކަ ކޯޕަރޭޝަން މީދޫ ބުރާންޗަށް އެސިސްޓެންޓް މެނޭޖަރެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.   އެ ކުންފުނިންކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި ވަޒީފާގެ އާސާސީ މުސާރައަކީ 4250ރ ކަމަށާއި ސާވިސް އެލަވެންސްގެ ގޮތުގައި މުސާރައިގެ 30 އިންސައްތަ، ހާޞިރީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 20 އިންސައްތަ އަދި އިތުރުގަޑީގެ އެލަވެންސްގެ ގޮތުގައި މުސާރައިގެ 50 އިންސައްތަ ލިބޭނެކަމަށެވެ.   މި ވަޒީފާއަށް އެސި ހުށައަޅާ އެޕްލިކޭޝަން ފޯމް ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީހުން އަދި ފެނަކަ މީދޫ ބުރާންޗުން ލިބެން ހުންނާނެކަމަށް އިޢުލާނުގައި ބުނެފައިވެއެވެ. މި ވަޒީފާއަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 10 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 15:00 އެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...