އެމް.ޑީ.ޕީގެ މަޖިލިސް މެމްބަރުންތަކެއް އިދިކޮޅު ކޯލިޝަނާއި ގުޅެނީ؟!
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމް.ޑީ.ޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 3 މެމްބަރަކާއި އަމިއްލަ މެމްބަރަކު އިދިކޮޅު ކޯލިޝަނާއި ގުޅެން އުޅޭކަމަށް އަޑުފެތުރެން ފަށައިފިއެވެ.   މިކަމާއި ގުޅޭގޮތުން ޕީއެން.ސީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، އެމް.ޓީއަށް ވިދާޅުވީ، އެމް.ޑީ.ޕީގެ ބައެއް މެމްބަރުންގެ މެދުގައި ބޮޑެތި ހިތްހަމަ ނުޖެހުންތަކެއް އެބައޮތްކަމަށާއި ވަރަށް އަވަހަށް އިދިކޮޅާއި ގުޅޭ މެމްބަރުންތައް އެނގިގެންދާނެކަމަށެވެ.   އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދުވެސް ވަނީ ދާދިފަހުން ޕީ.ޕީ.އެމްއަށް ސޮއިކުރައްވާފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ އެމް.ޑީ.ޕީގެ ފުރިހަމަ އަޢުލަބިއްޔަތު އޮތް މަޖިލީހެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...