"މިއަދަކީ ޑިމޮކްރަސީގައި ފަހަތަށް ފިޔަވަޅުއެޅި ހިތާމަވެރި ދުވަހެއް"
މިއަދަކީ ރާއްޖޭގެ ޑިމޮކްރަސީގައި ފަހަތަށް ފިޔަވަޅު އެޅި ހިތާމަވެރި ދުވަހެއްކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީ.އެން.ސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.   މެމްބަރު އާދަމް ޝަރީފް މި މޭރުމުން ވިދާޅުވެފައިމިވަނީ، ކުރީގެ ރައީސް ޔާމީން އަބްދުﷲ ޔާމީން 5 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ދާދިދެންމެއަކު ހުކުމްކޮށްފައިވަނިކޮށެވެ. އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، އިސްލާހް ކުރުމުގެ ނަމުގައި ޖުޑިޝަރީ ހައިޖެކްކޮށްފައިވާކަން ހާމަވި ދުވަހެއްކަމަށެވެ.   މީގެ އިތުރުން ޤައުމަށްޓަކާ ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރާނެކަމަށާއި، ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވާނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.   ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދަޢުވާ ސާބިތިވެ 5 އަހަރަށް ޖަލަށްލާ 77 މިލިއަން ރުފިޔާއިން ޖުރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...