ލޯކަލް ކައުންސިލް އިންތިހާބުގެ އެމް.ޑީ.ޕީ ޕްރައިމަރީ އަންނަ މަހު ބާއްވަނީ
އަންނަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމް.ޑީ.ޕީން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހު ބާއްވާނެކަމަށް އެ ޕާޓީގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.   ނަޝީދު މިހެން ވިދާޅުވެފައިވަނީ "ބެއްޔާ" ޓީޝާޓް މޫވްމަން ފެށުމަށް މޯލްޑިވިއަން ސީޕްލޭން ޓާމިނަލްގައި އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުންނެވެ. އަދި އެ އިންތިހާބަށް އެމް.ޑީ.ޕީން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.   ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެއުމަށްފަހު ބާއްވާ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރިލް 4 ވަނަ ދުވަހުއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...