ރ. އަތޮޅުގެ ރިޒޯޓުތަކާއިއެކު ބާއްވާ ބޮޑު މަހާސިންތާ މާދަމާ އުނގޫފާރުގައި!
ރ. އަތޮޅު ރިޒޯޓުތަކުގެ އިސްވެރިންނާއި ރ. އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލަރުންނާއިއެކު ބާއްވާ ބޮޑު މަހާސިންތާ މާދަމާ ރ. އުނގޫފާރުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.   ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން ބާއްވާ މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންވާ ގޮތަށްވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ ތެރެއިން ރިޒޯޓުތަކުގެ ސީއެސްއާރުގެ ދަށުން ރަށްރަށަށް ވެވިދާނެ އެހީތެރިކަމާއި ގުޅޭ ގޮތުން މަޝްވަރާކުރަން ހަމަޖެހިފައިވެއެވެ.   މި ބައްދަލުވުން އޮންނާނީ މާދަމާ މެންދުރު ފަހުން ފެށިގެން ރޭގަނޑުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...