އުއްމީދު ޖޫނިއަރސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ސްޕައިލީޒިޔާއަށް!
16 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން އުއްމީދުން ބޭއްވި 'ޖޫނިއަރސް ފުޓްސަލް ފިއެސްޓާ'ގެ ޗެމްޕިއަންކަން ސްޕައިލީޒިޔާއިން ހޯދައިފިއެވެ.   3 ޓީމު ބައިވެރިވި މި މުބާރާތުގެ ޗެމްޕިއަންކަން ސްޕައިލީޒިޔާއިން ހޯދީ އެފް.ސީ ޔުނައިޓެޑާއި ބައްދަލުކުރި ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 އިން ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.   ޕެނަލްޓީގައި ސްޕައިލީޒިޔާ ކުރި ހޯދީ 4-5 އިންނެވެ. މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ސްޕައިލީޒިޔާގެ މުޙައްމަދު އަނާންނެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ އެފް.ސީ ޔުނައިޓެޑުވެ އަޙްމަދު އަނޫފްއެވެ. މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ޒެފްރޯސް އެފް.ސީއެވެ.   އުއްމީދުގެ މި މުބާރާތަކީ އުއްމީދުން ބޭއްވި ފުރަތަމަ ކުޅިވަރު މުބާރާތެވެ. އުއްމީދުން އަންނަނީ މީދޫގައި ދީނީ އަދި އިޖުތިމާޢީ ގިނަ ހަރަކާތްތަކެއް ހިންގަމުންކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...