12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި އީސީއިން މިއަދު ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ސުވާލު އުފެދިފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް މިއަދު އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް އެ މައްސަލަ ބަލަމުންދާ ސުޕްރީމް ކޯޓުން މިރޭ ނިންމައިފިއެވެ.   މިގޮތަށް ސުޕްރީމް ކޯޓުން މިރޭ ނިންމީ މި 12 ގޮނޑީގެ މައްސަލަ އެ މެމްބަރުން ސުޕްރީމް ކޯޓަށް ހުށައަޅާ ސުޕްރީމް ކޯޓުން އެ މައްސަލަތައް ބަލައިގަނެފައިވާތީކަމަށް އެ ކޯޓުން ބުނެފައިވެއެވެ. ހަމައެއާއިއެކު މި 12 މެމްބަރުން ބައިވެރިކޮށްގެން ކުރިއަށް ގެންދާ މަޖިލީހުގެ ކޮންމެ ޖަލްސާއެއްގައި ނިންމާ ނިންމުންތަކަކީވެސް ބާތިލް ނިންމުންތަކެއް ކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.   ގޮނޑި ގެންލިފައިވާ 12 މެމްބަރުންގެ ތެރޭގައި މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަމީތުވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...