ތިން ޓީމާއިއެކު އުއްމީދުގެ 'ޖޫނިއަރސް ފުޓްސަލް ފިއެސްތާ' ފަށައިފި
16 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން އުއްމީދުން ކުރިއަށް ގެންދާ 'އުއްމީދު ޖޫނިއަރސް ފުޓްސަލް ފިއެސްތާ' ފަށައިފިއެވެ.   މިއަހަރުގެ މުބާރާތުގައި ޖުމްލަ ތިން ޓީމަކުންވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ޒެފްރޯސް އެފް.ސީ، އެފް.ސީ ޔުނައިޓެޑުގެ އިތުރުން ސްޕައިލީޒިޔާ އެފް.ސީއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ޒެފްރޯސް އެފް.ސީ އަދި އެފް.ސީ ޔުނައިޓެޑު ބައްދަލުކުރި މެޗު 2-4 އިން ކާމިޔާބުކުރީ ޒެފްރޯސް އެފް.ސީއެވެ.   މިއަދުގެ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެފް.ސީ ޔުނައިޓެޑު އަދި ސްޕައިލީޒިޔާ އެފް.ސީއެވެ. މާދަމާގެ މެޗުގައި ބައްދަލުކުރާނީ ސްޕައިލީޒިޔާ އަދި ޒެފްރޯސް އެފް.ސީއެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ހަވީރުއެވެ.   މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ކޮންމެ ދުވަހެއްގެވެސް ހަވީރު މީދޫ ފުޓްސަލް ދަނޑުގައެވެ.

މި މުބާތާތުގެ މެއިން ސްޕޮންސަރަކީ ފުރަވެރި މޯލްޑިވްްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...