"އެމް.ޑީ.ޕީގެ އިންތިހާބުގައި ވޯޓުލި މީހުން މަދުވުން އަންގައިދެނީ ހިތްހަމަނުޖެހުން އޮތް މިންވަރު"
އިއްޔެ ކުރިއަށްދިޔަ އެމް.ޑީ.ޕީގެ އެތެރޭގެ އިންތިހާބުގައި ވޯތުލި މީހުން މަދުވުމުން އަންގައިދެނީ ޕާޓީގެ މެމްބަރުންގެ ހިތްހަމަ ނުޖެހުން އޮތް މިންވަރުކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.   އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެތެރޭގެ އިންތިހާބުން އެނގިގެންދިޔައީ  ސަރުކާރާއި މެދުވެސް ޕާޓީގެ މެމްބަރުން މާޔޫސްވެފައިވާކަމަށާއި ޕާޓީއަސް ތާއިދުކުރާ މެމްބަރުންވެސް އެއަދަދަށް ނެތްކަމެވެ. އެމް.ޑީ.ޕީގެ އިންތިހާބުގައި ޥޯޓުލުމުގެ ހައްޤު 87،439 މީހުންނަށް ލިބިފައިވާކަމަށް ހާއްސަ ވިޔަސް ވޯޓުގައި ބައިވެރިވެފައިވަނީ 23،613 މީހުންނެވެ.   އެމް.ޑީ.ޕީގެ އިންތިހާބުގައި ރައީސްކަމަށް ޥާދަކުރެއްވީ މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. ނަޝީދު އެ މަޤާމުގައި ހުންނަން ފެންނަކަމަށް 23،369 މީހުން ވޯޓުލާފައިވެއެވެ. ނައިބު ރައީސްކަމަށް ރައީސް އޮފީހުގެ މިނިސްޓަރު ޝިފާޒް އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމްއެވެ. ނައިބު ރައީސްކަމަށް ޝިފާޒު އިންތިހާބުވެފައިވަނީ 13،233 ވޯޓު ހޯދައިގެންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...